Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮފީސް މާހައުލުގައި ބޭނުންކުރެވިދާނެ ޑިޖިޓަލް އެޕްލިކޭޝަންތަކާއި ޓޫލްސްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ސެޝަނެއް މިއަދު، 10 ފެބްރުވަރީ 2021 ގައި ބާއްވައިފިއެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އާއްމުކޮށް ހުޅުވާލައިގެން "ކްރިއޭޓިންގ އަ ޑިޖިޓަލް ފުޓްޕްރިންޓް ޓު އެސްޓެބްލިޝް އަ ޕޮޒިޓިވް ވަރކް ކަލްޗަރ" ގެ ނަމުގައި ބޭއްވުނު މި ސެޝަންގައި މައުލޫމާތު ދެއްވީ އޫރިދޫ މޯލްޑިވްސްގެ އެސިސްޓެންޓް މެނޭޖަރ، ކޮންޓެންޓް އެންޑް ނިއު ވަރޓިކަލްސް އަހުމަދު ނޫމާން އާއި ނޭޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން ޓެކްނޮލޮޖީގެ އައިޓީ އެކްޒެކެޓިވް، އީ ގަވަރމެންޓް ޑިވެލޮޕްމެންޓް، ހުސައިން ޝިފާއުގެ އިތުރުން ވިމެން އިން ޓެކް ގެ ބޯޑް މެންބަރު އައިޝަތު އަޝްނާ އަބުދުއްރަޝީދު އެވެ. މި ސެޝަން މޮޑެރޭޓް ކޮށްދެއްވާފައި ވަނީ އޫރިދޫ މޯލްޑިވްސް ގެ އެސިސްޓެންޓް މެނޭޖަރ ނާފިޒް އަބުދުﷲ އެވެ.
މި ސެޝަންގައި ޑިޖިޓަލް ވާރކްޕްލޭސްއެއްގައި މަސައްކަތް ކުރުމަށް ބޭނުންކުރެވިދާނެ އެޕްލިކޭޝަންތަކާއި ޓޫލްސް ތަކުގެ މައުލޫމާތުގެ އިތުރުން ނޭޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން ޓެކްނޮލޮޖީ އިން ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރަމުން އަންނަ އެޕްލިކޭޝަންތަކުގެ މައުލޫމާތު ވަނީ މުވައްޒަފުންނަށް ފޯރުކޮށްދީފައެވެ.
ޒޫމް މެދުވެރިކޮށް، ފޭސް ބުކް އަދި ޔޫޓިއުބް އިން ލައިވްކުރެވުނު މި ސެޝަންގައި 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެ މައުލޫމާތު ލިބިގެންފައިވެއެވެ.
މިއީ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން 2021 ވަނަ އަހަރު ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ އެޗީވިންގ އެކްސެލެންސް ޓުގެދަރ ވެބިނަރ ސީރިސްގެ ދަށުން ބޭއްވުނު ފުރަތަމަ ސެޝަނެވެ. މިފަދަ އިތުރު ސެޝަންތަކެއް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.