Select the dropdown below to browse programmes by category.
ކޮވިޑް 19 އާއި ގުޅިގެން ސިވިލް ސަރވިސް ގެ އިދާރާތަކުގެ މުވައްޒަފުން ނިއު ނޯމަލްގެ ހާލަތުގައި މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި މަސައްކަތު މާހައުލޫގައި އުފާވެރިކަމާއި ހިތްހަމަޖެހުމާއި އަދި ކެތްތެރިކަމާއެކު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ވާސިލްވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ސެޝަން އެއް ޖުލައި 22 ވަނަ ދުވަހު ބާއްވައިފިއެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އާއްމުކޮށް ހުޅުވާލައިގެން "ފޮސްޓަރިންގ މައިންޑްފުލްނެސް އެންޑް ވެލް-ބީންގް ޓު ޕްރިވެއިލް ޗެލެންޖަސް އެޓް ވޯކްޕްލޭސް" ގެ ނަމުގައި ބޭއްވުނު މި ސެޝަންގައި މައުލޫމާތު ދެއްވީ ޓީއެފްޖީ އެންޑް މައިންޑްފްލް އިންކް ކޮންސަލްޓިންގް އެޖެންސީގެ ގެ ކޯ ފައުންޑަރ މުހައްމަދު މިސްތޯހް އާއި ކޯޕަރޭޓް ސަރވިސަސް އަދި އޮޑިޓަރ ޖެނަރަލް އޮފީހުގެ ކޯޕަރޭޓް ސަރވިސަސް އަދި އެ އެއިދާރާގެ އޮޑިޓް އެންޑް އެސޫރަންސް އިންސްޓިޓިއުޓްގެ ހެޑް އާދަމް ނަސީރު މި ސެޝަން މޮޑެރޭޓް ކޮށްދެއްވާފައި ވަނީ ކުރީގެ ޓީވީ ޕްރެޒެންޓަރ ސޮފާ ޝަފީގެވެ.
މި ސެޝަންގައި މަސައްކަތު މާހައުލުގައި އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު މަސައްކަތްކުރުމަށް ސިކުނޑި ތަރައްގީކޮށް ބައްޓަންކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައި ކެތްތރެިކަމާއެކު ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ތަފްސީލް ގޮތެއްގައި ވަނީ ފޯރުކޮށްދެވިފައެވެ.
ގޫގުލް މީޓް، ފޭސް ބުކް އަދި ޔޫޓިއުބް އިން ލައިވްކުރެވުނު މި ސެޝަންގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އިތުރުން ތައުލީމީ ދާއިރާގައި އާއި މެނޭޖްމަންޓް ދާއިރާގައި މަސައްކަތްކުރައްވާ 600 އަށްވުރެ ގިނަ ފަރާތް ބައިވެރިވެ މައުލޫމާތު ލިބިގެންފައިވެއެވެ.
މިއީ، ސިވިލް ސަރވިސްގެ އިދާރާތަކުން ނިއު ނޯމަލް ގައި މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި އޮންލައިންކޮށް ބޭއްވުނު 4 ވަނަ ސެޝަނެވެ. އަދި ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް މިފަދަ ގިނަ ސެޝަންތައް ބޭއްވުމުގެ މަސައްކަތް މި އިންސްޓިިއުޓުން އަންނަނީ ކުރަމުންނެވެ.