Select the dropdown below to browse programmes by category.
ކޮވިޑް 19 އާއި ގުޅިގެން ސިވިލް ސަރވިސް ގެ އިދާރާތަކުގެ މުވައްޒަފުން ނިއު ނޯމަލްގެ ހާލަތުގައި މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ބޭނުންވާނެ ހުނަރާއި ލީޑާރޝިޕް އަށަގަންނަވައި މަސައްކަތުގައި މުވައްޒަފުންގެ ބައިވެރިވުން އިތުރުކޮށް ނަތީޖާ ނެރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ސެޝަން އެއް މިއަދު ބާއްވައިފިއެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އާއްމުކޮށް ހުޅުވާލައިގެން "ޢެޑްވާންސިންގް ޓްގެދަރ ވިތް އަ ޕްރޯއެކްޓިވް މައިންޑްސެޓް އެޓް ވާރކް" ގެ ނަމުގައި ބޭއްވުނު މި ސެޝަންގައި މައުލޫމާތު ދެއްވީ ދިވެހިރާއްޖޭގެ ފުންނާބުއުސް ޓްރެއިނަރެއްކަމުގައިވާ އަދި މަޝްހޫރު The John Maxwell ޓީމުގެ އެކްޒެކެޓިވް ޑައިރެކްޓަރގެ އިތުރުން LUX* Resorts and Hotels ގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ، ޑިވެލޮޕްމަންޓް ކޮލިޓީ އެޝޫރެންސް، އަލްފާޟިލް ހުސައިން އަފީފު އާއި ކޯ ފައުންޑަރ އެންޑް މެނޭޖިންގ ޑައިރެކްޓަރ އޮފް ޕިނަކަލް ކޮންސަލްޓެންސީ އަދި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމް އެވެ. މި ސެޝަން މޮޑެރޭޓް ކޮށްދެއްވާފައި ވަނީ ކުރީގެ ޓީވީ ޕްރެޒެންޓަރ ސޮފާ ޝަފީގެވެ.
މި ސެޝަންގައި ކޮވިޑް 19 ގެ މިހާލަތުގައި މަސައްކަތުގައި މުވައްޒަފުންގެ ބައިވެރިވުން އިތުރުކޮށް އަމިއްލައަށް އިސްނަގައިގެން ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ނަތީޖާ ނެރުމަށް ވިސްނުންތެރިކަމާއެކު ކުރެވިދާނެ ކަންތައްތަކަށް، ކުރެވިފައިވާ ލީޑާޝިޕްގެ ތަޖްރިބާގެ އަލީގައި މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތު ތަފްސީލް ގޮތެއްގައި ވަނީ ފޯރުކޮށްދެވިފައެވެ.
ގޫގުލް މީޓް މެދުވެރިކޮށް ބޭއްވުނު މި ސެޝަންގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އިތުރުން ތައުލީމީ ދާއިރާގައި އާއި މެނޭޖްމަންޓް ދާއިރާގައި މަސައްކަތްކުރައްވާ 300 އަށްވުރެ ގިނަ ފަރާތް ބައިވެރިވެ މައުލޫމާތު ލިބިގެންފައިވެއެވެ.
މިއީ، ސިވިލް ސަރވިސްގެ އިދާރާތަކުން ނިއު ނޯމަލް ގައި މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި އޮންލައިންކޮށް ބޭއްވުނު 3 ވަނަ ސެޝަނެވެ. އަދި ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް މިފަދަ ގިނަ ސެޝަންތައް ބޭއްވުމުގެ މަސައްކަތް މި އިންސްޓިިއުޓުން އަންނަނީ ކުރަމުންނެވެ.