Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން އިންތިޒާމުކޮށް ބާއްވަމުން ގެންދާ ޕަބްލިކް ލެކްޗަރ ސީރީޒްގެ މި އަހަރުގެ 2 ވަނަ ޕަބްލިކް ލެކްޗަރ، 25 އޯގަސްޓް 2019 ގައި މެންދުރުފަހު 1:00 ން 3:00 ށް ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބާއްވައިފިއެވެ. މި ލެކްޗަރ ނަންގަވައި ދެއްވީ ދިވެހިރާއްޖޭގެ ފުންނާބުއުސް ޓްރެއިނަރެއްކަމުގައިވާ އަދި މަޝްހޫރު The John Maxwell ޓީމުގެ އެކްޒެކެޓިވް ޑައިރެކްޓަރގެ އިތުރުން LUX* Resorts and Hotels ގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ، ޑިވެލޮޕްމަންޓް ކޮލިޓީ އެޝޫރެންސް، އަލްފާޟިލް ހުސައިން އަފީފުއެވެ. "ސަރވިސް އެކްސެލެންސް ކަލްޗަރ" މި މައުޟޫގެ ދަށުން ކުރިއަށް ގެންދެވުނު މި ޕަބްލިކް ލެކްޗަރ ގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައި ވަނީ އާއްމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތަައްތަކުގެ މަށްޗަށެވެ.
އާއްމުކޮށް ހުޅުވާލައިގެން ބޭއްވުނު މި ލެކްޗަރގައި 130 އަށްުވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެއެވެ.