Select the dropdown below to browse programmes by category.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން "ސަރވިސް އެކްސެލަންސް" ގެ ތަމްރީނު ޕްރޮގްރާމެއް 2021 އޮކްޓޫބަރ 29 އިން 31 އަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބާއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެން ބޭއްވުނު މި ޕްރޮގްރާމްގައި ފެންވަރު ރަނގަޅު ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލައި މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތު ވަނީ ފޯރިކޮށްދެވިފައެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ އިތުރުން އައްޑޫ ސިޓީގައި މަސައްކަތްކުރާ ސަރުކާރުގެ މުވައްޒަފުންނަށް ވެސް މި ޕްރޮގްރާމްވަނީ ކުރިއަށްގެންދެވިފައެވެ. މި ޕްރޮގްރާމްގައި ސަރވިސް އެކްސެލެންސްގެ އިތުރުން ސަރވިސް ޗާރާޓަރ ތައްޔާރުކުރާނެ ގޮތުގެ މައުލޫމާތު ވަނީ ފޯރުކޮށްދެވިފައެވެ.
ސަރވިސް އެކްސެލެންސްގެ ނަމުގައި އައްޑޫ ސިޓީގައި ހިންގުނު މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ރައީސް ފައިސަލް ނަސީމްއެވެ.
މި ޕްރޮގްރާމުގައި އައްޑޫ ސިޓީގެ 100 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ތަމްރީނުކުރެވިއެވެ.