Select the dropdown below to browse programmes by category.
އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) ގެ ވަފުދެއް 20 އޯގަސްޓް 2019 ގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓަށް ޒިޔާރަތްކުރައްވަވައިފިއެވެ. މި ޒިޔާރަތުގައި އިންސްޓިޓިއުޓްގެ ފަރާތުން މި ވަފުދުގެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ އިސްތިޤްބާލު ކުރެއްވެވީ އިންސްޓިޓިއުޓްގެ ޑިރެކްޓަރ އަލްފާޟިލާ ފާތިމަތު ހަބީބާއެވެ. މި ޒިޔާރަތުގައި ސީ.އެސް.ޓީ.އައި ގެ ކުލާސްތަކާއި، ދެމުންދާ ޚިދުމަތްތައް ހުރިނެތްގޮތް ބައްލަވާލައްވަވައި އަދި އިންސްޓިޓިއުޓްގެ ކެޕޭސިޓީ (ޤާބިލުކަން) އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. އަދި ސިވިލް ސަރވިސް ގެ ކަންތައްތައް 2 ގައުމުގެ ދެމެދުގައި ރޭވި ހިނގާގޮތާއި، ސިވިލް ސަރވިސް ކުރިއެރުވުމަށްކުރެވޭ މަސައްކަތާއި ގުޅޭ ގޮތުން މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.
އެން.ސީ.ޖީ.ޖީ ގެ ފަރާތުން ރާއްޖެއަށް ވަޑައިގެންނެވި ދެ ބޭފުޅުންނަކީ ޑިޕާރޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރިފޯރމްސް އެންޑް ޕަބްލިކް ގްރީވެންސަސް ގެ އެޑިޝަނަލް ސެކްރެޓަރީ، ޝްރީ ވީ. ސްރީނިވަސް އާއި އެން.ސީ.ޖީ.ޖީ ގެ އެސޯސިއޭޓް ޕްރޮފެސަރ ޕޫނަމް ސިންގް އެވެ.
ސީ.އެސް.ޓީ.އައި އަށް ކުރެއްވި ޒިޔާރަތުގައި ހެޑް އޮފް ޑެލިގޭޝަން، ޝްރީ ވީ. ސްރީނިވަސް ވަނީ ލެކްޗަރ އެއް ކުރިޔަށް ގެންގޮސްދެއްވާފައެވެ. " އެތިކްސް އެންޑް އެކައުންޓަބިލިޓީ އިން ގަވަރނަންސް އެންޑް ރެޑްރެސަލް އޮފް ޕަބްލިކް ގްރީވަންސަސް- ދަ އިންޑިއަން އެކްސްޕީރިއެންސް" މައުޟޫއުގެ މައްޗަށް ބިނާކޮށްގެން ކުރިޔަށް ގެންދެވުނު މި ލެކްޗަރ ގައި ޕަރމަނަންޓް ސެކްރެޓަރީންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ލެކްޗަރ ގައި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ސަންޖޭ ސުދިރް އާއި ކޮމިޝަނުގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.