Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް(ސީއެސްޓީއައި) ގައި މޯލްޑިވިއަން އައިޑްލްގެ ގަދަ 9 ބައިވެރިންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ. 27 މާރިޗް 2018 ގައި އިންސްޓިޓިއުޓްގައި ހިންގުނު މި ތަމްރީނު ޕްރޮގްރާމަކީ މޯލްޑިވިއަން އައިޑަލްގެ ގަދަ 9 ގައި ހިމެނޭ ބައިވެރިންނަށް ސްޓރެސް މެނޭޖްމަންޓް، ކޮމިއުނިކޭޝަން ސްކިލްސް އިތުރުން ޓައިމް މެނޭޖްމަންޓް ފަދަ ސޮފްޓް ސްކިލްސްގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ބޭއްވުނު ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން އައިޑަލްގެ ގަދަ 9 ބައިވެރިނަށް ކޮންމެ އަހަރަކުވެސް މި ފަދަ ފުރުޞަތުތަކެއް އިންސްޓިޓިއުޓުން ފަހިކޮށްދެމުން އަންނަކަން ސީއެސްޓީއައިގެ ޑިރެކްޓަރ ފާޠިމަތު ހަބީބާ ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަން އައިޑްލްގެ ގަދަ 9 ގެ ހުރިހާ ބައިވެރިންވަނީ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއެސްޓީއައި ގެ ޑިރެކްޓަރ ފާތިމަތު ހަބީބާއެވެ.
ސީއެސްޓީއައި އަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ހިންގުމުގެ ދާއިރާގެ ގިނަ ކޯސްތަކެއް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ.