Select the dropdown below to browse programmes by category.
ސިވިލް ސަރވިސްގެ ތަފާތު ޖޮބް ކެޓަގަރީތަކަށް ހިންގަން ފެށުނު ޖޮބް ސްފެސިފިކް ތަމްރީނު ޕްރޮގްރާމުގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް "މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމް" މިއަދު، 18 ފެބްރުއަރީ 2018 ގައި އިންސްޓިޓިއުޓްގައި ފަށައިފިއެވެ. 25 ގަޑިއިރުގެ މި ޕްރޮގަރާމަކީ މެނޭޖްމަންޓާއި ގުޅުންހުރި ތަފާތު ތަމްރީނުތަކުގެ މައްޗަށް އެކުލަވާލައިގެން ތައްޔާރުކުރެވިފައިވާ ޕްރޮގްރާމެކެވެ.
އެކްޒެކެޓިވް ލެވެލްގެ މުވައްޒަފުންނަށް އަމާޒުކުރެވިފައިވާ މި ޕްރޮގްރާމްގައި މާލޭގެ އިތުރުން އަތޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަންނަނީ ތަމްރީނު ލިބިގަންނަމުންނެވެ.
މުޅި އަހަރަށް ބަހާލައިގެން އެކި ޖޮބް ކެޓަގަރީތަކަށް ހާއްސަކޮށްގެން ޖުމްލަ 4 ޕްރޮގްރާމެއްގެ 10 ބެޗް މި އަހަރު ހިންގުމަށް ވަނީ ހަމަޖެހިފައެވެ.