Select the dropdown below to browse programmes by category.
ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިވިލް ސަރވިސް ގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ވެބިނަރ އެއް 2021 މާރިޗު 11 ވަނަ ދުވަހު ބާއްވައިފިއެވެ.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އާއްމުކޮށް ހުޅުވާލައިގެން "ޗޫސް ޓު ޗެލެންޖް:އެމްޕަވަރިންގ ވިމެން އިން ސިވިލް ސަރވިސް" ގެ ނަމުގައި ބޭއްވުނު މި ސެޝަންގައި މައުލޫމާތު ދެއްވީ ކުރީގެ ޖެންޑަރ މިނިސްޓަރ އަދި ވިމެން ފޯ ހޯޕް ގެ ކޯ ފައުންޑަރ އަލްފާޟިލާ އަނީސާ އަހުމަދު އާއި މެންޓަލް ހެލްތް އެވެއަރނެސް ފައުންޑޭޝަން މޯލްޑިވްސް ގެ ކޯ ފައުންޑަރ އަލްފާޟިލާ ޔޫލިޔާ ހަލީމްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ސީނިއަރ މެނޭޖަރ، ރީޓެއިލް ބޭންކިން އަލްފާޟިލް ބަދުރުއްދީން ހަސަަން އެވެ. މި ސެޝަން މޮޑެރޭޓް ކޮށްދެއްވާފައި ވަނީ ކުރީގެ ޓީވީ ޕްރެޒެންޓަރ ސޮފާ ޝަފީގެވެ.
މި ސެޝަންގައި މަސައްކަތު މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަނެ ބާރުވެރި ބަޔަކަށް އަންހެނުން ހެދުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައި މުވައްޒަފުންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.
ގޫގުލް މީޓް މެދުވެރިކޮށް، ފޭސް ބުކް އަދި ޔޫޓިއުބް އިން ލައިވްކުރެވުނު މި ސެޝަންގައި 400 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެ މައުލޫމާތު ލިބިގެންފައިވެއެވެ.
މިއީ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން 2021 ވަނަ އަހަރު ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ އެޗީވިންގ އެކްސެލެންސް ޓުގެދަރ ވެބިނަރ ސީރިސްގެ ދަށުން ބޭއްވުނު ދެވަނަ ސެޝަނެވެ. މިފަދަ އިތުރު ސެޝަންތަކެއް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.