Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި 2020 ވަނަ އަހަރު ހިންގުނު ޕްރޮގްރާމްތަކާއި ތަމްރީނުތަކުގެ ތަފާސް ހިސާބު އާއްމުކޮށްފިއެވެ. 2020 ވަނަ އަހަރު އިންސްޓިޓިއުޓްގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ސިވިލް ސަރވިސްގެ ޕޮލިސީތަކާއި، ވިއުގަ 2.0 ތަމްރީނުތަކާއި، ވެބިނަރ ސެޝަންތަކާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ އަސާސީ ތަމްރީނު ޕްރޮގްރާމްތަކާއި، މަސައްކަތު މާހައުލުގައި މުވައްޒަފުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައަށް ހޭލުންތެރިކުރުމަށް ހިންގުނު ސެޝަންތަކާއި، ކޮވިޑް 19 އާއި ގުޅޭ ސަލާމަތީ ކަންތައްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ހިންގުނު ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން އިންސްޓިޓިއުޓްގެ ތަމްރީނު ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދެވުނު ތަމްރީނު ޕްރޮގްރާމްތަކެވެ. މި ޕްރޮގްރާމްތަކުން ޖުމްލަ 13000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ތަމްރީނު ކުރެވިފައެވެ.