Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ 2021 ވަނަ އަހަރުގެ ޓްރެއިނިންގ ޑައިރެކްޓްރީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު 28 ޑިސެންބަރު 2020 ވީ ހޯމަ ދުވަހު ބާއްވައިފިއެވެ. 2021 ވަނަ އަހަރަށް ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނަގަތުމަށް ކުރިއަށް ގެންދެވުނު ޓްރެއިނިންގ ނީޑް އެނަރލިސިސްގެ މަށްޗަށް ބިނާކޮށްގެން އެކުލަވާލެވިފައިވާ މި ޑައިރެކްޓްރީ ނެރެދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިޙުއެވެ. މި ޑައިރެކްޓްރީން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން 2021 ވަނަ އަހަރު ސިވލް ސަރވިސްގެ މުވައްޒަފުންނަށް ހިންގުމަށް ތާވަލްކުރެވިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން އިންސްޓިޓިއުޓާއި ގުޅޭ އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ އޯކިޑް ހޯލުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ މެންބަރުންނާއި ސިވިލް ސަރވިސް ކޮމިޝަނާއި އިންސްޓިޓިއުޓްގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ 2021 ވަނަ އަހަރުގެ ޓްރެއިނިންގ ޑައިރެކްޓްރީ މި ލިންކުން shorturl.at/eyzQT ޑައުންލޯޑުކުރެވޭނެއެވެ.