Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތު މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވެ، ނަތީޖާ ނެރުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުވާލައި، މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ހާއްސަ ސެޝަނެއް މިއަދު، 21 އޮކްޓޫބަރ 2020 ގައި ބާއްވައިފިއެވެ.
ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަކޮށްގެން އާއްމުކޮށް ހުޅުވާލެވިގެން THINK YOURSELF HAPPY; Emotional intelligence to"
"enhance your mentality and productivity at workplace ގެ ނަމުގައި ބޭއްވުނު މި ސެޝަންގައި މައުލޫމާތު ދެއްވީ ފައުންޑަރ އެންޑް ސްޕީކަރ އޮފް އެމްޕަވަރިންގ އޯލް އަދި ގްލޯބަލް ޓްރެއިނިންގ އަދި ލީޑަރޝިޕް އެވޯޑް ހާސިލްކޮށްފައިވާ މަޝްހޫރު ޓީވީ ޕްރެޒެންޓަރ އަލްފާޟިލް މަސްއޫދު އަލީ ގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އެވެ. މި ސެޝަން މޮޑެރޭޓް ކޮށްދެއްވާފައި ވަނީ އެޑިއުކޭޓަރ އަދި ޓީވީ ޕްރެޒެންޓަރ އަލްފާޟިލާ އާމިނަތު ނަމްޒާއެވެ.
މި ސެޝަންގައި އިމޯޝަނަލް އިންޓެލިޖެންސް ގެ އެހީގައި މަސައްކަތު މާހައުލުގައި ނަތީޖާ ނެރުމުގައި ޕޮޒިޓިވްކޮށް ވިސްނުން ބެހެއްޓުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އަދި ނުރަނގަޅު ވިސްނުމާއި ދުރުވުމަށް ވިސްނުން ބައްޓަންވީ ގޮތުގެ މައްޗަށް ބިނާކޮށް މުވައްޒަފުންނަށް ބޭނުންވާނެ މުހިންމު ގިނަ މައުލޫމާތުތަކެއް ވަނީ ފޯރުކޮށްދެވިފައެވެ.
ގޫގުލް މީޓް، ފޭސް ބުކް އަދި ޔޫޓިއުބް އިން ލައިވްކުރެވުނު މި ސެޝަންގައި 170 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެ މައުލޫމާތު ލިބިގެންފައިވެއެވެ.
މިއީ، ސިވިލް ސަރވިސްގެ އިދާރާތަކުން ނިއު ނޯމަލް ގައި މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި އާއްމުކޮށް ހުޅުވާލެވިގެން އޮންލައިންކޮށް ބޭއްވުނު 6 ވަނަ ސެޝަނެވެ. އަދި ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް މިފަދަ ގިނަ ސެޝަންތައް ބޭއްވުމުގެ މަސައްކަތް މި އިންސްޓިިއުޓުން އަންނަނީ ކުރަމުންނެވެ.