Select the dropdown below to browse programmes by category.
ސިވިލް ސަރވިސްގެ އިދާރާތަކުން ފޯނަށް ޖަވާބުދިނުމާއި ފޯނު މެދުވެރިކޮށް އާއްމު ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު ލުއި ފަސޭހަ ނިޒާމެއްގެ ދަށުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަގްސަދުގައި ރިސެޕްޝަންގެ މަސައްކަތް ބަލަހައްޓާ ވެރިންނާއި ޕަރމަނަންޓް ސެކްރެޓަރީންނަށް 30 ޖުލައި 2019 ގައި ހާއްސަ ފޯރަމެއް ބާއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެދުމުގެ މަތިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އިން އިންތިޒާމްކޮށްގެން ކަސްޓަމްސް ގެ މީރުބަހުރު މާލަމުގައި ބޭއްވުނު މި ފޯރަމުގައި ސިވިލް ސަރވިސް ގެ 34 އިދާރާއަކުން 60 ބައިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ 2 ބޭފުޅަކު ވެސް މި ފޯރަމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އާއްމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތައް މި ފޯރަމް ތެރޭގައި ވަނީ ހުށަހެޅިފައެވެ. އަދި ވީހާ ވެސް އަވަހަކަށް މި މައްސަލައަށް ހައްލެއް ހޯދޭނެ ގޮތަކަށް މިނިސްޓްރީ ތަކުންނާއި އެހެނިހެން އިދާރާތަކުން މަސައްކަތް ކުރުމަށް ކޮމިޝަނުން ވަނީ އެދިލައްވާފައެވެ.
މި ފޯރަމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އަދި ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.