Select the dropdown below to browse programmes by category.
ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 21 ފެބްރުއަރީ 2018 ގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ.
ދިވެހި ބަސް ދިރުވައި ކުރިއެރުމުގެ މުހިންމުކަމުގެ މައުލޫމާތް ހިއްސާކުރުމުގެ މި ސެޝަންގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން މަޢުލޫމާތު ދެއްވީ ރާއްޖޭގައި މިވަގުތު ހުންނެވި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރެއްވުމުގައި މަޝްހޫރުކަން ލިބިވަޑައިގެންފައިވާ އަލްއުސްތާޛް އަހްމަދު ޝާކިރު(ކަށިމާ ޝާކިރު) އެވެ. ކަށިމާ ޝާކިރުގެ ވާހަކަފުޅު ބިނާކުރެއްވެވީ ދުވަހަށްކަނޑައެޅިފައިވާ މަޢުޟޫކަމުގައިވާ ”ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރަންޖެހެނީ ކީއްވެ؟” މި މައުޟޫއުގެ މައްޗަށެވެ. މި މައުޟޫއުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން، ދިރާސީ ނަޒަރަކުން ދިވެހީންގެ މާދަރީބަސް ކަމުގައިވާ ދިވެހިބަހުގެ މުހިންމުކަމާއި، އެބަހުގެ ސަބަބުން ދިވެހީންގެ އައިޑެންޓިޓީ އޮޅުންފިލާ ކަމަށާއި، މިފަދަ މުހިންމު ގައުމީ ބަހަކާމެދު އެއްވެސް ފަރާތަކުން ފަރުވާކުޑަކުރެވިގެން ނުވާނެކަން ބަޔާންކުރެއްވެވިއެވެ.
ބައިނަލްއަޤްވާމީ މާދަރީ ދުވަސްފާހަގަކުރުމަށް ބޭއްވުނު ސެޝަންގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްވެސް ވާހަކަފުޅުދެއްކެވިއެވެ. އެބޭފުޅާގެ ވާހަކަފުޅުގައި މަޢުލޫމާތުދެއްވުމަށް ވަޑައިގެންދެއްވި އަލްއުސްތާޛް އަހްމަދު ޝާކިރަށް ޝުކުރުއަދާކުރައްވަވައި ތާރީޚީ އަދި ބަހުގެ ޢިލްމް ވެރިއެއްގެ ގޮތުން މިފަދަ މަޢުޟޫއަކަށް އިންސާފުކުރެއްވުމަށް އެންމެ އެކަށޭނެ ފަރާތްކަމުގައި ފާހަގަކުރެއްވެވިއެވެ.