Select the dropdown below to browse programmes by category.
މި އިންސްޓިޓިއުޓުން ކުރިއަށް ގެންދާ "ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހުގެ 24 ދަރިވަރުން "އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޓުއަރ" އެއްގައި 2018 ނޮވެންބަރު 3 ގައި ސްރީލަންކާއަށް ފުރައިފިއެވެ. މިއީ ދަރިވަރުންގެ ޤާބިލިއްޔަތު އިތުރުކުރުމަށް މިފަދަ ގޮތަކަށް ރޭވިގެން ރާއްޖެއިން ބޭރަށް ކުރެވުނު ފުރަތަމަ ދަތުރެވެ. ކޯހުގެ ދަރިވަރުންނާއި ހަވާލުވެގެން މި ޓުއަރގައި ބައިވެރިވީ މި އިންސްޓިޓިއުޓްގެ ސީނިއަރ ޓްރެއިނިންގ ކޯޑިނޭޓަރ އަލްފާޟިލާ އާމިނަތު ރުޝްމާއެވެ.
8 ދުވަހުގެ މުއްދަތަށް ރޭވިފައިވާ މި ޓުއަރ ގައި ސްރީލަންކާގެ ޕަބްލިކް ސަރވިސް ކޮމިޝަން، މިނިސްޓްރީ އޮފް ސިޓީ ޕްލޭނިންގ އެންޑް ވޯޓަރ ސަޕްލައި އަދި މި ނޫންވެސް ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތް ހިނގަމުންދާ ގޮތުގެ މައުލޫމާތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އަދި ސްރީލަންކާގެ ތާރީހީ ތަންތަނާއި ފެކްޓަރީތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެހެންމެ ކޮލަމްބޯ ބިޒްނަސް ސުކޫލް، އޮޑިޓް ފަރމް އަދި "ސްރީލަންކާ އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން" (ސްލީޑާ) އިން ދަރިވަރުންނަށް ހާއްސަކޮށްގެން ލެކްޗަރ ސެޝަންއެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ލެކްޗަރ ސެޝަންތަކުން ދަރިވަރުން ކޯހުގައި ކިޔެވި މޮޑިއުލްތަކާއި ގުޅޭ އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.
މި ޓުއަރގައި ހިންގުމުގެ ދާއިރާއިން ވަރަށް މުހިއްމު މައުލޫމާތުތަކަކާއި ތަޖުރިބާތަކެއް ބައިވެރިންނަށް ލިބިގެންދާނެއެވެ.