Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ޗައިނީސް އެކަޑަމީ އޮފް ގަވަރނަންސް (ސީ.އޭ.ޖީ) ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޓްރެއިނިންގ ޕްރޮގްރާމް "އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް ފޯރ މޯލްޑިވްސް ސިވިލް ސަރވިސް 2018" 15 ޖުލައި 2018 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ރާއްޖެ ވަޑައިގެންނެވި ވަފުދުގައި ހިމެނެނީ ސީ.އޭ.ޖީ ގެ 5 ޕްރޮފެސަރަކާއި 1 ކޯޑިނޭޓަރެކެވެ.
މި ޕްރޮގްރާމުގެ ދަށުން މި އަހަރު 2 ތަމްރީނު ޕްރޮގްރާމަކާއި 1 ލެކްޗަރ އެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކްޒެކެޓިވް ލެވެލްގެ ބޭފުޅުންނަށް އަމާޒުކުރެވިފައިވާ "ޓްރެއިނިންގް އޮން އެކްސެލެރޭޓިންގ ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމް އޮފް ސިވިލް ސަރވިސް" 15 ޖުލައި 2018 ވާ އާދިއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 2 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވޭ މި ޓްރެއިނިންގ ގައި ޕަރފޯމާންސް މެނޭޖްމަންޓާއި ޕަރފޯމަންސް އެޕްރައިސަލް، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އިތުރުން ވަޒީފާގެ ކުރިއެރުމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.
އެގްޒެކެޓިވް ޕްރޮގްރާމްގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ ލެކްޗަރ، 18 ޖުލައި 2018 ވާ ބުދަ ދުވަހު ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި އޮންނާނެއެވެ. އާއްމުކޮށް ހުޅުވާލެވިގެން ބޭއްވޭ މި ލެކްޗަރގެ މައުޟޫއަކީ "ސްޓްރެޖިކް ޑައިރެކްޝަން: ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" އެވެ.
ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކުރެވިފައިވާ "ވާރކްޝޮޕް އޮން އެންހޭންސިންގ ހިއުމަން ކެޕިޓަލް އޮފް ސިވިލް ސަރވިސް" 2018 ޖުލައި 18 ން 19 ށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ކުރިއަށް ގެންދެވޭނެއެވެ. މި ވޯކްޝޮޕްގައި ކޮމްޕީޓެންސީ ފްރޭމްވޯކާއި ކޮމްޕިޓެންސީ ބިލްޑިންގ ފަދަ ހިއުމަން ރިސޯސް މެނޭޖްމަންޓް ފަދަ މުހިންމު ދާއިރާތަކަށް އަލިއަޅުވާލެވިގެންދާނެއެވެ.
2018 ޖުލައި 15 ން 19 އަށް، ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ސިވިލް ސަރވިސް އިދާރާތަކުގެ 229 މުވައްޒަފުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.