Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން އިންތިޒާމުކޮށް ބާއްވަމުން ގެންދާ ޕަބްލިކް ލެކްޗަރ ސީރީޒްގެ މި އަހަރުގެ 3 ވަނަ ޕަބްލިކް ލެކްޗަރ، 1 ޖުލައި 2018 ގައި މެންދުރުފަހު 1:15 ން 3:00 ށް ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބާއްވައިފިއެވެ. މި ލެކްޗަރގައި ނަންގަވައި ދެއްވީ ދިވެހިރާއްޖޭގެ ފުންނާބުއުސް ޓްރެއިނަރެއްކަމުގައިވާ އަދި މަޝްހޫރު The John Maxwell ޓީމުގެ އެކްޒެކެޓިވް ޑައިރެކްޓަރގެ އިތުރުން LUX* Resorts and Hotels ގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ، ޑިވެލޮޕްމަންޓް ކޮލިޓީ އެޝޫރެންސް، އަލްފާޟިލް ހުސައިން އަފީފުއެވެ. "Growth Mindset: The Surprising Truth about Success" ނަމުގައި ބޭއްވުނު މި ލެކްޗަރގައި އިންސާނާގެ ވިސްނުން ތަރައްގީކޮށް، ކާމިޔާބު މީހަކަށްވުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވާލައްވައި އަފީފުވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އާއްމުކޮށް ހުޅުވާލައިގެން ބޭއްވުނު މި ލެކްޗަރގައި 100 އަށް ގިނަ ފަރާތުން ބައިވެރިވެފައިވެއެވެ. މި ލެކްޗަރ އިންސްޓިޓިއުޓްގެ ފޭސްބުކް މެދުވެރިކޮށް ވަގުތުންވަނީ ދުރަށް ދައްކާފައެވެ.