Select the dropdown below to browse programmes by category.
2017 ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސްގެ އިދާރާތަކަށް އެންމެ ބޭނުންވާ ދާއިރާތަކުން މުވައްޒަފުން ތަމްރީނުކުރުމަށް ހިންގަމުން އަންނަ "މަންތްލީ ސްޕެޝަލް" ތަމްރީނު ޕްރޮގްރާމްގެ މި އަހަރު ހިންގުމަށް ތާވަލް ކުރެވިފައިވާ 2 ވަނަ ޕްރޮގްރާމް 2018 މާރިޗް 11-15 އަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ބާއްވައިފިއެވެ. "ޓްރެއިނިންގ ފޯރ ޖެންޑަރ އީކުއަލިޓީ އެންޑް ވިމެން އެންޕަވަރމަންޓް" ގެ ނަމުގައި މި ބޭއްވުނު ތަމްރީނު ޕްރޮގްރާމަކީ އަންހެނުން ބާރުވެރިކުރުމާއި، މަސައްކަތު މާހައުލުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ނައްތާލައި ހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ތައްޔާރުކުރެވިފައިވާ 15 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ޖުމްލަ 23 ފަރާތަކުންވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ.