Select the dropdown below to browse programmes by category.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ކޮންމެ އަހަރު ސިލްސިލާކޮށް ބައްވަމުން އަންނަ ޕަބްލިކް ލެކްޗަރ ސީރީޒްގެ މި އަހަރުގެ ފުރަތަމަ ލެކްޗަރ “އެމްބްރޭސިންގ އަ ރިސާޗް ކަލްޗަރ” ގެ ނަމުގައި 26 ފެބްރުއަރީ 2018 ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައި ބާއްވައިފިއެވެ. މި ލެކްޗަރގައި ފުރަތަމަ ތަޤްރީރު ކުރައްވާފައި ވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑީން ޑރ. ޝަޒްލާ މުޙައްމަދެވެ. ޑރ. ޝަޒްލާގެ ތަޤްރީރުގައި ރިސާޗަކީ ކޮބައިކަމާއި ރިސާޗްކުރުމުގައި އަމިއްލަ ތަޖްރިބާތައް ޙިއްސާކުރެއްވިއެވެ. މި އިވެންޓުގައި ދެން ތަޤްރީރުކުރައްވާފައި ވަނީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރެވެ. ޑރ. ޢަންވަރުގެ ތަޤްރީރު އަމާޒުކުރައްވާފައި ރިސާޗް ކަލްޗަރ އެއް އުފެއްދުމުގެ މައްޗަށާއި އެކަމުގެ މިހިންމުކަމުގެ މައްޗަށެވެ. މި އިވެންޓްގައި ތިންވަނައަށް ތަޤްރީރު ކުރެއްވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. މަރިޔަމް ޝަހުނީޒާ ނަޞީރެވެ. ޑރ. ޝަހުނީޒާގެ ތަޤްރީރުގައި ރިސާޗެއް ފުރިހަމަ ކުރުމުގައި ފުރިހަމަކުރަންޖެހޭ މައިގަނޑު ބައިތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ލިޓްރެޗަރ ރިވިއުއާއި، ޑޭޓާ ކަލެކްޝަން އާއި، ޑޭޓާ އެނަލައިޒްކުރުމާއި، ރިޕޯޓިންގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކުގެ ޑރ. ޝަހުނީޒާގެ ތަޤްރީރުގައި އަލިއަޅުވާލެއްވިއެވެ.
ރިސާޗް ކަލްޗަރ އެއް އުފެއްދުމާއި ރިސާޗްކުރުމާބެހޭގޮތުން މި ތިން ބޭފުޅުންގެ ތަޤްރީރަށްފަހު ލެކްޗަރއާއި ގުޅޭގޮތުން އޯޑިއަންސް އިން ހުށަހެޅި ސުވާލުތަކަށް ޖަވާބުދިނުމަށް ޕެނަލް ޑިސްކަޝަނެއް ވެސް މި އިވެންޓުގައި ކުރިޔަށް ގެންދެވުނެވެ.
މި ލެކްޗަރ އަޑުއެހުމަށް ސިވިލް ސަރވިސްއާ ދައުލަތުގެ އެކި އިދާރާތަކުގެ 140 ށް ވުރެ ގިނަ ފަރާތްތަކުން ހާޒިރުވެފައިވެއެވެ.